English Edition
Dhivehi Edition

ހދ. ނޮޅިވަރަމުން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 41 އަހަރުގެ އަންހެންމީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މޫދަށް ދިޔަ ގޮތަށް ނުފެނިގެން އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ފެނިފައިވަނީ އެރަށު ބޮޑުމަގާދިމާ އުތުރު ވަލުތެރެއިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފެނުނުއިރު އޭނާގެ ހެޔެއްނެތެވެ.

އޭނާއަށް މިހާރުގެންދަނީ އެރަށު ހެލްތު ސެންޓަރުން ފަރުވާ ދެމުންނެވެ. އޭނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އޭނާގެ ގެއްލިގެން ހޯދަން ފަށައިފައިވަނީ ބުދަދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްލަތް ކުރަމުންދިޔައީ ފުލުހުންނާއި ސިފައިންނާއި އާންމުން ގުޅިގެންނެއެވެ.