English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ ޒުވާނުން އިސްނަގައިގެން މި ރޯދަމަހާ ދިމާކޮށް ބައްވާ “ހެޕީ މާކެޓް ރަމަޟާން ވޮލީ ބޯލް ޓޯނަމެންޓް” ފަށައިފިއެވެ. މިމުބާރާތުގެ މައިގަނޑު މަގުސަދަކީ އައްޑޫ ސިޓީގައި ވޮލީބޯޅައަށް އޮންނަފޯރި އިތުރަށް ވަރުގަދަ ކުރުމުށާއި ވޮލީ ބޯޅައަށް މީހުންގެ މެދުގައި ހިތްޖެއްސުން ކަމަށް މުބާރާތް އިންތިޒާމްކޮށް އިސްކޮށް ހަރަކާތެރިވާ ޝަފްރާޒް ސައީދު (ޝަރަފާ) ބުންޏެވެ. ޖުމްލަ ހަތަރު ޓީމްގެ މެދުގައި ބާއްވާ މިމުބާރާތުގައި ކޮންމެ ޓީމެއްގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. މިހާތަނަށް މުބާރާތުގައި ވަނީ ދެމެޗު ކުޅެފައެވެ. މި މުބާރާތް ކުރިއަށްދަނީ ސ.ފޭދޫ ބަނދަރު ސަރަހައްދުގައި އޮންނަ ވޮލީ ކޯޓުގައެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ ޗެމްޕިއަން ޓީމް އަދި ކުލަބް އީޖީޕީއެވެ. މި މެޗު 3-0 ސެޓުން ކާމިޔާބުކޮށްފައި ވަނީ ކުލަބް އީޖީޕީއެވެ. މިރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. މިރޭގެ މެޗުގައި ވާދަކޮށްފައިވަނީ ޓީމް ޕެޓް އަދި މިކްސް ސިސްއެވެ. މިމެޗު 3-2 ސެޓުން ކާމިޔާބުކޮށްފައިވަނީ މިކްސް ސިސްއެވެ. މިކްސް ސިސް މިމެޗުގެ ސެޓްތައް ގެންގޮސްފައިވަނީ 25-15،25-12 އަދި 15-10 އިންނެވެ. ރަމަޟާން ވޮލީބޯލް ޓޯނަމެންޓްގެ މިރޭގެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިކްސް ސިކްސްގެ ފާތިމަތު ރިޒްނާއެވެ. އަދި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުޙައްމަދު މައުރިޝްއެވެ. މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ޗެމްޕިއަންޓީމް، ކުލަބް އީޖޭޕީ، ޓީމް ޕެޓު، މިކްސް ސިކްސް އެވެ. މިމުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ.