English Edition
Dhivehi Edition
ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަލަށް ތައާރަފުކުރި ‘ޖޫލޭ އެވޯޑް’ މި ސީޒަނުގައި އެންމެ މޮޅު ލަނޑެއް ޖަހައިގެން ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވަޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ހާސިލް ކޮށްފިއެވެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ ‘މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި އެ އެވޯޑަށް އިއްބެ ހޮވިފައިވަނީ އާންމުންގެ ވޯޓަކުންނެވެ

ޖޫލޭ އެވޯޑް ހާސިލްކުރި އިއްބެ މި ސީޒަނުގައި ޓީސީ އަށް 17 ލަނޑު ޖަހައިދީފައިވާއިރު އިއްބެވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ޖާގަ ހޯދާފައެވެ

ޖޫލޭ އެވޯޑަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އަބުދުﷲ ރަޝީދު(ޖޫލޭ)ގެ ހަނދާނުގައި ދޭ އެވޯޑެކެވެ

ރޭގެ ހަފްލާގައި ވަނީ ދިވެހި ފުޓްބޯޅަ އަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތިން ފަރާތަކަށް އެފްއޭއެމް އިން ދޭ އެންމެ މަތީ ޝަރަފު ދީފައެވެ. މި ޝަރަފު ލިބިފައިވާ ފަރާތްތަކަކީ ރިނބުދޫ މުހައްމަދު ނާސިރާއި، ކުއީން އަހުމަދު ވަހީދު އާއި ވެލެންސިއާގެ ޗެއާމަން އަދީލް ޖަލީލެވެ