English Edition
Dhivehi Edition

ތައިލެންޑުގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރު ކުރުމަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވިދާޅުވެއްޖެއެވެ.

އައު ސަފީރު ޗުލާމަނީ ޝާރޓްސުވޭން މިހެން ވިދާޅުވީ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސް ޔާމީނަށް މިއަދު އެރުއްވުމަށްފަހު ރައީސާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެއާއި، ތައިލޭންޑާ ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ. އަދި ތައިލެންޑްގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރު ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމުގެ މަޝްވަރާވެސް ކުރެއްވިއެވެ.

ރާއްޖޭގައި ތައިލެންޑުގެ އިންވެސްޓްމެންޓްތައް އިތުރު ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅު ކުރެއްވީތީ ސަފީރުވަނީ އެކަމަށް އުފާ ކުރައްވައި ރައީސް ޔާމީނަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ތައި ސަފީރުވަނީ އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވައިފައެވެ.