English Edition
Dhivehi Edition

އިންޑިއާގައި ބާއްވާ “އެކްސަސައިޒް އެކުވެރިން 2017” ގައި ބައިވެރިވާ ދިވެހި ސިފައިން މިއަދު އިންޑިއާއަށް ފުރައިފިއެވެ.

މިއީ އިންޑިއާގެ އަސްކަރިއްޔާއި، ދިވެހި އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ތަމްރީންގެ ތެރެއިން ބާއްވާ ތަމްރީނެކެވެ. މި ފަހަރުގެ އެކްސަސައިޒް ކުރިއަށްދާނީ މި މަހު 15 އިން 28 އަށް އިންޑިއާގެ ބެލްގާމު ގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިއީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ގައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި އެކްސަސައިޒް މިދިޔަ އަހަރު ބޭއްވިފައި ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ލ.ކައްދޫ ޓްރެއިނިންގ ސެންޓަރުގައެވެ.