English Edition
Dhivehi Edition

ލޭޝިއާގެ ނިޕޮން ޕެއިންޓް އިން އިންތިޒާމުކޮށްގެން ކުއަލަލަމްޕޫރުގައި ބޭއްވި އޭޝިއަންސް ޔަންގް ޑިޒައިނާ އެވޯޑް 2017 ގައި އިންޓީރިއާ ޑިޒައިން ކެޓަގަރީން އައްޑޫސިޓީގެ ހިތަދޫ ބެރެބެދިމާގޭ ޝަހުމީނާ ލަބީބް (ޝަހޫ ) ގޯލްޑް އެވޯޑް ހޯދައިފިއެވެ.

މެލޭޝިއާގެ ޓެއިލާސް ޔުނިވަރސިޓީގައި އިންޓީރިއާ އެންޑް އާކިޓެކްޗަރ އިން ޑިގްރީ ނިންމާފައިވާ ޝަހޫ މި މަގާމު ހާސިލް ކުރީ އެ ކެޓަގަރީން އެވޯޑަށް ކުރިމަތިލީ 1100 ދަރިވަރުންގެ ތެރެއިން ޝޯޓްލިސްޓު ކުރި 24 ދަރިވަރުންނާ ވާދަކޮށްގެންނެވެ.

މި އެވޯޑަށް ޚާއްޞަ ކޮށްގެން “ޕްލޭން ބީ” ގެ ނަމުގައި ޝަހޫ ތައްޔާރުކުރި ޕްރޮޖެކްޓަކީ ދުނިޔޭގެ އެކިކަންކޮޅު ތަކުގައި މާމުއިކުޅަދުރު މަދުވަމުންދާތީ ކުޅަދުރު ހިމާޔަތް ކުރުމުގައި ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށާއި ކުޅަދުރު އާލާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓެކެވެ.

އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޕޮން ޕެއިންޓް މެލޭޝިއާ ގުރޫޕްގެ ޖެނެރަލް މެނޭޖަރ ގްލެޑީސް ގޯ ވިދާޅުވީ ޒުވާން ހުނަރުވެރި ދަރިވަރުންގެ ޕްރޮޖެކްޓްތައް ވަރަށް ފުރިހަމަ ކަމަށާއި މި ޕްރޮޖެކްޓްތަކުން ދަރިވަރުންގެ ވިސްނުމާއި ހުނަރު ކުރިއަރާފައިވާ މިންވަރު ވަރަށް ބޮޑަށް ފެނިގެންދާ ކަމަށެވެ.

މި މަގާމާއެކު 2018 ވަނަ އަހަރު ބާއްވާ ސަރަހައްދީ މުބާރާތުގައިވެސް ވާދަކުރުމުގެ ފުރުސަތު ޝަހޫ އަށް ވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވާނީ ޔަންގް ޑިޒައިނާ އެވޯޑް 2017 އިން ގޯލްޑް މެޑެލް ހޯދާފައިވާ 14 ގައުމުންނެވެ.

ޔަންގް ޑިޒައިނާ އެވޯޑްގެ އިތުރުން ވެސް މިފަދަ ގިނަ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ޝަހޫ ވަނީ މެލޭޝިއަން އިންސްޓިޓިއުޓް އޮފް އިންޓީރިއާ ޑިޒައިނާސް އިން އިންތިޒާމުކޮށްގެން ބޭއްވި “އެމްއައިއައިޑީ ސްޓޫޑެންޓް ސަޓަޑޭ އެވޯޑް” އިން ދެވަނަ އާއި “އެމްއައިއައިޑީ ރެކާ އެވޯޑް” އިން އޮނަރަރީ އެއްވެސް ހޯދާފައެވެ