English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ރޭގެ މިމެޗުގައި ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ ޔުނައިޓެޑް މޮޅުކޮށްދިނުމުގައި މުޅި މެޗުގައިވެސް އިސްދައުރެއް އަދާކޮށްފައެވެ. އޭނާވަނީ އާސެނަލުން ފޮނުވާލި 14 ހަމަލާ މަތަކޮށްފަ އެވެ. މިއީ އިނގެރޭސި ޕުރިމިއާ ލީގުގެ ރެކޯޑެކެވެ. އެހެންކަމުން ޑެހެއާވަނީ ތާރީޚުން ޖާގައެއް ހޯދައިފައެވެ.

އިނގެރޭސި ޕުރިމިއާ ލީގުގައި ރޭ އާސެނަލް އާ މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން މޮޅު ކުޅުމެއް ދެއްކި މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗު ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ކެޕްޓަން އެންޓޯނިއޯ ވެލެންސިއާއެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު އޭގެ ހަތް މިނިޓް ފަހުން ޖަހައި މެޗުގެ ލީޑު ފުޅާކޮށްދީފައިވަނީ ލިންގާޑެވެ. ތިންވަނަ ލަނޑުވެސް ޖަހައިދިނީ އޭނާއެވެ.

ލިންގާޑުގެ ލަނޑަށް ފަހު އާސެނަލްއިން ޔުނައިޓެޑްގެ ފަހަތަށް ބާރު ބޮޑުކުރި ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އާސެނަލްގެ ހަމައެކަނި ލަނޑުޖެހީ މެޗުގެ 49 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް އެލެކްސެންޑުރާ ލަކަޒެޓްއެވެ.

މިރޭގެ މެޗުގައި ނުރައްކާތެރި ކުޅުމެއް ކުޅުމުގެ ސަބަބުން ޔުނައިޓެޑްގެ މިޑްފީލްޑާ ޕައުލް ޕޮގްބާއަށްވަނީ ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތިން މެޗު އޭނާއަށް ގެއްލޭނެ އެވެ.