English Edition
Dhivehi Edition

މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާންމް ކޮށްގެން މި ރޯދަ މަހު ކުރިއަށްގެންދާ “ޑީސީ ސްޕޯޓްސް ޕީއެސް4 ފީފާ ޗެލެންޖް”ގެ، ގުރޫޕް އީގެ އެއްވަނަ ހަސަން މުޕީދު(އިންޑާ) ހޯދިއިރު ގުރޫޕް އެފްގެ އެއްވަނަ ހުސައިން މުސްލިޙް ހޯދައިފިއެވެ. ޑީސީ ސްޕޯޓްސް ފީފީ ޗެލެންޖް ގުރޫޕް އެފްގައި ހިމެނިފައިވަނީ ސާހިލް ރަޝީދު،ހުސެއިން މުސްލިހު އާއި ޒާޔާ ޒަރީރުއެވެ. އަދި ގުރޫޕް އީގައި ހިމެނިފައި ވަނީ ހަސަން މުފީދު(އިންޑާ)،ހުސެއިން ނާސިޙް(ބަގޭ) އަދި ސިނާޙް އިބްރާޙިމް(އޯބީ)އެވެ. މިއަދު ހަވީރު ޑީސީ ސްޕޯޓްސް އެރީނާގައި ކުރިއަށް ދިޔަ ޕީއެސް4 މުބާރާތުގެ ގުރޫޕް އެފްގެ އެއްވަނަ މުސްލިޙް ހޯދާފައި ވަނީ ދެން މި ގުރޫޕްގައި ހިމެނޭ ޒާޔާ ޒަރީރު(ޒާ) 5-2 ލަނޑުބަލިކޮށް ސާހިލް ރަޝީދު(ސާހިލްލޭ) 3-0 ލަނޑުން ބަލިކޮށްގެންނެވެ. ދެން މި ގުރޫޕްގައި ވާދަކޮށްފައި ވަނީ ހުސައިން މުސްލިޙް އަދި ޒާޔާ ޒަރީރުއެވެ. މި މެޗު 0-0 އެއްވަރު ކޮށް މުބާރާތުގައި ވާދަ ކުރި ހަމަ އެކަނި އަންހެން ބައިވެރިޔާ ވަނީ ގަދަ 16ން ޖާގައެއް ހޯދާފައެވެ. އިއްޔެ ހަވީރު މިމުބާރާތުގެ ގުރޫޕް ޑީގެ ތިން މެޗު ކުޅެފައިވެއެވެ.އިއްޔެ ހަވީރު ކުޅުނު ތިން މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް ހަސަން މުފީދު(އިންޑާ)ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.އިއްޔެ ކުޅެވުނު ފުރަތަމަ މެޗުގައި އިންޑާވަނީ ބަގޭ 1-0 ލަނޑުން ބަލިކޮށް، ދެވަނަ މެޗުގައި އޯބީ 2-0 ލަނޑުން ބަލިކޮށްފައެވެ. ގުރޫޕް އީގެ ތިން ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ހުސައިން ނާއިޝް(ބަގޭ) އާއި ސިނާޙް އިބްރާޙިމް(އޯބީ) އެވެ. މި މެޗު 1-0 ލަނޑުން ކާމިޔާބުކޮށް ގަދަ 16 ކަށަވަރު ކޮށްފައިވަނީ ހުސައިން ނާއިޝްއެވެ. މާދަމާވެސް މި މުބާރާތުގެ 3 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މުރުތަލާހު ސައީދު އާއި ހުސައިން އުސައިދެއެވެ.ދެވަނަ މެޗުގައި މުރުތަލާހު ސައީދު އާއި އިބްރާޙިމް ރިޒުވާނު ބައްދަލު ކުރާއިރު ތިންވަނަ މެޗުގައި ބައްދަލު ކުރާނީ ރިޒުވާނު އަދި ހުސައިން އުސައިދެއެވެ. ޑީސީ ސްޕޯޓްސް ފީފާ ޕީއެސް4 ޗެލެންޖް2017ގެ މީޑިއާ ޕާޓަނަރަކީ އޭއޯނިއުސްއެވެ.