English Edition
Dhivehi Edition

މަރަދޫ ސިއްހީމަރުކަޒުގައި އެއިޑްސް ދުވަސް ފާހަގަ ކުރމުގެ ގޮތުން ޒުވާނުންނަށް ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ކަމަށްވާ ޑިސެމްބަރު އެކެއްގައި އެ ސެންޓަރުގައި ބޭއްވި ހަރަކާތުގައިވަނީ އެއިޑްސް ބައްޔާ ބެހޭގޮތުން ޒުވާނުން ހޭލުންތެރި ކުރުމުގެ ގޮތުން ޚާއްސަ ސެޝަނެއް ބާއްވައިފައެވެ.

އެސެޝަންގައިވަނީ އެއިޑްސް ޖެހޭގޮތާއި، އެއިން ރައްކާތެރިވެވޭނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދީފައެވެ. އޭގެ އިތުރަށް އިސްލާމީ އުސޫލުތަކާ ބެހޭ ގޮތުން އަމަލުތައް ބެހެއްޓުމަކީ އެއިޑްސްއިން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅުގޮތް ކަމަށް ބުނެދިނުމަށް ދީނުގައި އެފަދަ ކަންކަން އޮންނަގޮތްވެސް ވަނީ ބުނެދީފައެވެ.

ރާއްޖޭގައި އެއިޑްސް ޖެހިފައިވާ މީހުން އަދި ކިތަންމެ މަދުކަމަށް ދެއްކިޔަސް އެ އަދަދު އިތުރުވުމުގެ ބިރުވެސް އެބައޮތެވެ. އެހެންކަމުން އެބަލިން ރައްކާތެރިވެ ތިބުމަށް އިސްލާމީ ރަނގަޅު އުސޫލުތަކަށް ތަބާވާން ޖެހޭކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ.