English Edition
Dhivehi Edition

އައްޑޫ ސިޓީ އިޝްތިހާރުކުރުމުގެ ބޭނުމުގައި ތައްޔާރުކުރާ ވީޑިއޯ ޑޮކިއުމެންޓްރީ އަކާއި ވީޑިއޯ ކްލިޕްސްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން މީގެ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާކަމަށް ކައުންސިލުން ބުނެއެވެ.

“މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ” ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.