English Edition
Dhivehi Edition

މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޓް (އެމްއޭސީއެލް) އިން މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަކަށް 25،000ރ. ދޭން ނިންމައިފިއެވެ.

މިކަން ހާމަކުރަމުން އެމްއޭސީއެއް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ބޯނަސްގެ ގޮތުގައި 25،000ރ. ކޮންމެ މުވައްޒަފަކަށް ދޭން ނިންމާފައިވާ ކަމަށާއި ނަމަވެސް ބޯނަސް ލިބޭނީ މިދިޔަ އަހަރު އެއްކޮށް މަސައްކަތްކުރި މުވައްޒަފުންނަށް ކަމަށެވެ.

މިދިޔަ އަހަރުގެ ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފައި ވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުން ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި ވާގޮތުން ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަސްއެއް ނުލިބޭނެ އެވެ. އަދި ބޯނަސް ފައިސާ، އެންމެ ލަސްވެގެން އަންނަ އާދިއްތަ ދުވަހުގެ ކުރިން މުވައްޒަފުންގެ އެކައުންޓުތަކަށް ޖަމާކުރާނެ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.