English Edition
Dhivehi Edition

ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ހުށަހެޅި ގޮތަށް 27.9 ބިލިއަން ރުފިޔާގެ ބެޖެޓު މަޖިލީހުގެ 39 މެންބަރުންގެ ވޯޓާ އެކު ފާސްކޮށްފިއެވެ

މިއަދު ރައްޔަތުންގެ މަޖިލީހުގައި ވޯޓު ނެގިއިރު، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 40 މެމްބަރުންގެ ތެރެއިން 39 މެންބަރުން ބަޖެޓް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ބަޖެޓް ފާސްކުރަން ބޭއްވި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބަޖެޓަށް ވޯޓު ދެއްވާފައިނުވާއިރު އިދިކޮޅު މެމްބަރުން ވަނީ ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ބައެއް ބައްދަލުވުންތައް ވެސް ބޮއިކޮޓް ކުރައްވާފަ އެވެ

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ގެ ޖުމްލަ އަދަދަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު ބަޖެޓު ދިރާސާ ކުރި ކޮމެޓީން ބަޖެޓު ފާސްކޮށްފައިވަނީ އެއް އިސްލާހާ އެކުއެވެ. އެ އިސްލާހަކީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކ. ކާށިދޫގައި ޖަލެއް އެޅުމަށް ބަޖެޓްކޮށްފައިވާ ފައިސާ ކ. ހުރާގެ ބިން ހިއްކުމަށް ހަރަދު ކުރަންޖެހޭ ގޮތަށް ބަދަލު ކުރުމެވެ. އެ އިސްލާހު ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވި ޕީޕީއެމް އަދި އެމްޑީއޭގެ 12 މެންބަރުންގެ ވޯޓުންނެވެ

އީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓުގައި ހަރަދު ކުރަން ހިމަނާފައި އޮތީ 24.9 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ