English Edition
Dhivehi Edition
ފޮޓޯ/ ޕޮލިސް

ފުވައްމުލަކު ސިޓީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޚަމްވި ދެ މީހުން އިތުރު ފަރުވާއަށް މާލެގެނެސްފިއެވެ

ފުވައްމުލަކު ސިޓީ އެއަރޕޯޓް ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވާއިރު މިހާރު އައިސީޔޫގައި ފަރުވާދެމުންދަނީ ފުވައްމުލަކު ދިގުވާނޑު އަމްބަރީ، ޖިނާހް އަލީ (16) އާއި ފުނާޑު ރަކުޝާ، މިގްދާދު ހުސައިން (19) އަށެވެ. ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު ރޭ ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ފައި ބިންދައިގެން ގޮސް، މޫނަށާއި ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ

ރޭ އިރާކޮޅު ހިނގި މި އެކްސިޑެންޓުގައ ނިޔާވެފައިވަނީ ފުވައްމުލަކު މާލެގަން ފެންފިނޮޅު ގޭ، އުމުރުން 17 އަހަރުގެ މުހައްމަދު މުތީއު އެވެ