English Edition
Dhivehi Edition

ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަބްދުލް ފައްތާހް ކުއްލި ގޮތަކަށް ފިލްމީ ދާއިރާ ދޫކޮށްލައިފިއެވެ

ރޭ ފައްތާހް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އޭނާ ފިލްމީ ދާއިރާ ދޫކޮށްލާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު މި ކުއްލި ނިންމުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ފައްތާހު ބޭނުން ނޫންކަމުގައި އޭނާ ވަނީ ބުނެފައެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 21 އަހަރު ފަހުން މި ދާއިރާ ފައްތާހް ދޫކޮށްލި އިރު، އޭނާގެ 12 ވަނަ ފީޗާ ފިލްމް “ހައްދު” އާއި ނަހުލާގެ ފިލްމު’ބޮސް’ ގެ މައްސަލައިގައި ދެމީހުންވެސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ

ފައްތާހުގެ މި ކުއްލި ނިންމުމާއެކު ނަހްލާ ފޭސްބުކް ސްޓޭޓަސް ގައި ބުނެފައި ވަނީ “ސަމާލުކަން ނުލިބުމުން ޖެއްސި ސްޓަންޓެއް އެއީ. އަޅުގަނޑުގެ ރިހަ ޑައިލޮގްތަކަށް ވުރެ ތީތީ މާ ރިހަ.” ކަމަށެވެ. ވަކި މީހެއްގެ ނަން ހާމަކޮށްފައި ނެތް ނަމަވެސް ފައްތާހް އަށް ރައްދުވާގޮތައް ނަހުލާ ޖަހާފައި ޕޯސްޓާއެކު، ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ ފައްތާހުގެ މިނިންމުމަކީ ނަހްލާ އާއި ކުރި ހަނގުރާމައިން ބަލިވެ “އަމާންދިނުން” ކަމުގައެވެ

ފައްތާހު ފިލްމީ ދާއިރާ ދޫކޮށްފައިވާއިރު އޭނާވަނީ އަންނަ އަހަރު ރާއްޖޭގެ ރަނިކަން ކުރި “ރެހެންދި ހަދީޖާ” ގެ ތާރީހީ ވާހަކަ އަށް ބިނާކޮށް ފިލްމެއް ހަދާނެކަން ވެސް އިއުލާންކޮށްފައެވެ