English Edition
Dhivehi Edition

ބޮޑެތި ދަރަނިތަކާއެކު ވަރުގަދަ ގައުމަކަށް ނުވެވޭނެ ކަމަށް ވިދާޅުވެ އަނެއްކާވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ޕްރޮފެސަރު ހަސަން އުގައިލް އަމާޒުކޮށްފިއެވެ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ އުގެއިލް ވަނީ އިކޮނޮމިކް މިނިސްޓަރު ގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. މި ގޮތުން އުގެއިލް ވިދާޅުވީ ބޮޑެތި ދަރަނިތަކާއެކު އެހެން ގައުމުތަކަށް ނަމޫނާ އަކަށް ނުވެވޭނެ ކަމަށާއި އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާން ބޭނުންނަމަ ކުރިއަށް ދާންވީ އިހުލާސްތެރިކަމާއެކު އިލްމާއި ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ކަމަށެވެ

ފހަކަށް އައިސް ބައެއް ސިޔާސީ ކަންކަމަށް އުގެއިލް ފާޑު ވިދާޅުވެ ވާހަކަދައްކަމުންދާއިރު އެގެއިލްވަނީ މިނިވަން މުއައްސަސާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވަފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އެއާޕޯޓް ސިޔާސަތުތަށް ވެސް އުގައިލް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ