English Edition
Dhivehi Edition

އަންނަ އަހަރު އިންޑޮނޭޝިޔާގައި ބާއްވާ އޭޝިއަން ގޭންސްގައި ރާއްޖެއިން ވާދަކުރާނެ ގައުމީ ރޯވިންޓީމް ތައްޔާރު ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އިބްރާހީމް ނަސީމް ވިދާޅުވީ އެކަން ކުރުމަށް މިނިސްޓްރީން މިހާރުވެސް ގެންދަވަނީ ރޯވިން އެސޯސިއޭޝަނާއެކީ އެ މަސައްކަތް ކުރައްވަމުން ކަމަށެވެ. ޓީމަށް ތަމްރީންދިނުމުގެ ކަންކަމާބެހޭ ގޮތުންވެސް އެ އެސޯސިއޭޝަނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާވިއެވެ. “އަޅުގަނޑުމެން އުންމީދުކުރަނީ އަންނަ އަހަރު ބާއްވާ އޭޝިއަން ގޭމްސް އަށް ގައުމީ ރޯވިންޓީމް ތައްޔާރު ކުރެވޭނެ ކަމަށް،” އޭނާ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ރޯވިންއަކީ ރާއްޖެއަށް އައުކުޅިވަރަކަށްވިޔަސް އެކުޅިވަރު ތަރައްގީ ކުރެއްވުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ވަރަށް އިސްކަމެއް ދެއްވާ ކަމަށެވެ. “މިނިސްޓަރު ގެންދަވަނީ އެ ކުޅިވަރަށް ވަރަށް އިސްކަމެއް ދެއްވައިގެން ވަރަށްގާތުން އެކަން ބައްލަވުމުން،” ނަސީމް ވިދާޅުވިއެވެ.