English Edition
Dhivehi Edition

އަންނަ އަހަރު ކިޔަވާ ކުދިންނަށް 3325 ސްކޮލާޝިޕް ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ

.ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ކުރިއަށް ގެންދިޔަ “ބަހާރެކޭ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ފެށިގެންއައިއިރު ސްކޮރލަރޝިޕްގެ ގޮތުގައި ދެވެނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، މި ސަރުކާރުގެ ފުރަތަމަ އަހަރުވެސް 800 ކުދީންނަށް ސްކޮލަރޝީޕް އާއި ސްޓޫޑެންޓު ލޯން ދޭން މަސައްކަތް ކުރެއްވި ކަމަށެވެ.

“ކިޔަވާކުދިންނަށްޓަކައި އަންނަ އަހަރު މަތީ ތައުލީމުގެ ލޯނާއި ސްކޮލާޝިޕްގެ 3325 ފުރުސަތު ދޭނެ . އަންނަ އަހަރުގެ ބަޖެޓުގައި 3325 ކުދިންނަށް ސްޓޫޑެންޓް ލޯނު ދޭނެ ފައިސާ ހިމެނިފައިވާނެ” ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާބޮޑު އާބާދީއެއް ތައުލީމަށް ފެން ބޮވައިގެންފައި އޮންނައިރު ހުރިހާ ކުދިންނަށް ރާއްޖެއިން ބޭރުގައި ކިޔަވައިދޭކަށް ހަކަތައެއް ނެތް ނަމަވެސް އެކުދިންނަށް ގޮތްގޮތް ހޯދައިދޭން ހަކަތަ އެބަހުރި ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކޮށްގެން 800 ކުދިން، 1000 ކުދިންނަށް ސްކޮލާޝިޕް ނޫނީ ސްޓޫޑެންޓް ލޯނު ހޯދައިދިނުމަށް މަސައްކަތް ކުރެއްވެވި ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މަސައްކަތްކޮށްގެން 800 ކުދިން، 1000 ކުދީންނަށް ސްކޮލަރޝިޕް ނޫނީ ސްޓޫޑެންޓު ލޯނު ހޯދައިދިނުމަށް މަސައްކަތް ކުރިން” ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ފާއިތުވި އަހަރުތަކުގައިވެސް މިއަދަދަށް ސްކޮލަރޝިޕްގެ ފުރުސަތު ދެވިފައިވާނެ ކަމަށެވެ. އަދި ސްކޮލަރޝިޕް ދެވުނު 800 ކުދީންގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލު ކުރުމަށް ދެވުނު ފުރަޞަތުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މީގެ ތިން ގުނައަށް ސްކޮލާޝިޕްގެ ފުރުސަތުތައް ހިމެނިފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.