English Edition
Dhivehi Edition

ފުވައްމުލަކު ސިޓީ ކައުންސިލް އިން އިންތިޒާމުކޮށްގެން ބާއްވާ ‘ފުވައްމުލަކު ވޮލީބޯލް ޓޯނަމެންޓް 2017’ ގެ ޗެމްޕިއަންކަން މީދޫ ވޮލީ ޓީމުން ހޯދައިފިއެވެ

މިއަދު ހަވީރު ފުވައްމުލަކު ޒުވާނުންގެ މަރުކަޒރުގައި ކުޅުނު މި މެޗު މީދޫ ވޮލީ ޓީމުން ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ބައްދަލުކޮށް 3 ސެޓު 1 ސެޓުންނެވެ.މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގައި އެމް.އީ.ޖީ އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު މި ސެޓު އެ ޓީމުން ކާމިޔާބުކުރީ20-25 އިންނެވެ. މެޗުގެ ދެވަނަ ސެޓުގައި އެމް.ވީ.ޓީ އިން ވަނީ ޓީމުގެ ކުޅުން ރަގަޅުކޮށް މޮޅި ކުޅުމެއް ކުޅެފައެވެ. މި ގޮތުން މެޗުގެ ދެވަނަ ސެޓު މީދޫ ވޮލީ ޓީމުން 19-25 ހުން ކާމިޔާބުކޮށްފައިވާއިރު ތިންވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 21-25 އިންނެވެ

މެޗުގެ ހަތަރުވަނަ ސެޓުގައި މީދޫ ވޮލީ ޓީމަށް ކުޅޭ ޕާކިސްތާނުގެ ކުޅުންތެރިޔާ މުރާދުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 14-25 ހުންނެވެ

މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޓީމުތަކަށްވަނީ ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މީދޫ ވޮލީ ޓީމުގެ މުރާދު ހޮވިފައިވާއިރު އެންމެ މޮޅު ލިބަރޯ އަކަށް ހޮވިފައިވަނީ މީދޫ ވޮލީ ޓީމުގެ އާނިސް އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަ ހޮވިފައިވަނީ އެމް.އީ،ޖީ ގެ ހުޒާމް އާއި ނިލާމްގެ އިތުރުން އެމް.ވީ.ޓީގެ އިބްރާހިމް ޖަމާލު އާއި ފާއިރޫޒް އަދި މުރާދު އެވެ