English Edition
Dhivehi Edition

ސަރުކާރުގެ ފަހިއަލި ޕްރޮގްރާމްގެ ދަށުން ހިތަދޫގެ ގޭބިސީތަކަށް ލެޑްލައިޓް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހިތަދޫ ގޭބިސީތަކަށް ލެޑްލައިޓް ބަހަނީ ހިތަދޫ ފެނަގަ އޮފީހުންނެވެ. ލައިޓްތައް ދޫކުރަނީ، ހިތަދޫ ފެނަކަ ކަސްޓަމަރ ސަރވިސް ސެންޓަރުންނެވެ.

ކޮންމެ ގޭބިސީއަކަށް ނުވަތަ ކޮންމެ މީޓަރަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5 ލައިޓެވެ. ގޭގެ ވެރިފަރާތް ނުވަތަ މީޓަރުގެ ރަޖިސްޓްރީ އޮންނަ މީހާނޫން އެހެން މީހަކު ލައިޓް ބަލާދާކަމަށްވާނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނަންޖެހޭނެ ކަމަށް ފެނަކައިންވަނީ ބުނެފައެވެ.

ކޮންމެ އަވަށަކަށްވެސް ލައިޓް ދޫކުރާނީ އެއަވަށެއްގެ ފެނަކަ އޮފީހުންނެވެ. މީގެ ކުރިން ވަނީ މަރަދޫއާއި މަރަދޫފޭދޫގެ ގެތަކަށް ލައިޓްބަހައިފައެވެ. އެހެންނަމަވެސް ހުޅުދުއާއި މީދޫގެ ގޭބިސީތަކަށް އަދި ބަހައިފައިނުވެއެވެ.
ހިތަދޫގެ ގޭބިސީތަކަށް ލައިޓް ހަވާލުކުރުން ހޯމަދުވަހުވެސް އޮންނެ ކަމަށް ފެނަކައިން ބުންޏެވެ. އެހެންވީމާ ލައިޓް ނުގެންގޮސް ތިބި ގޭބިސީތަކުން އެބަލައި އައިސް ގެންދިޔުމަށް ފެނަކައިން އެދެއެވެ.

މިލައިޓަކީ ކަރަންޓް ޚަރަދުކުޑަ ފެންވަރު ރަނގަޅު ލައިޓެއް ކަމަށް ފެނަކައިންވަނީ ބުނެފައެވެ.