English Edition
Dhivehi Edition

ދުނިޔޭގައި ނުވަ ވަނައަށް އެންމެ ގިނަ އަންހެނުން މަރުވަނީ ހަކުރުބަލީގައި ކަމަށާއި އަހަރަކު 2.1 މިލިއަން އަންހެނުން ހަކުރުބަލީގައި މަރުވާ ކަމަށް އެތެރެހަށީގެ ބަލިތަކާއިބެހޭ ހާއްސަ ޑޮކްޓަރު، ޑރ. މަރިޔަމް ނިޔާޒް ވިދާޅުވެއްޖެއެވެ

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން މިއަދު ހެނދުނު އައިޖީއެމްއެޗްގައި ބޭއްވި ހަކުރު ބައްޔާއިބެހޭ މަޝްވަރާ ބައްދަލުވުމުގައި ޑރ. މަރްޔަމް ނިޔާޒް ވިދާޅުވީ ހަކުރުބަލީގެ އަންހެނުންނަށް ހިތުގެ ބަލި ޖެހޭކަމަށާއި މީގެ ތެރެއިން 10 އިންސައްތަ އަންހެނުންނަށް މިފުރުޞަތު ބޮޑުކަމުގައެވެ

މިއަހަރު ހަކުރުބަލީގެ ދުވަހާއި ގުޅިގެން ކަނޑައަޅާފައިވާ ޝިއާރު އަންހެނުންނަށް ހާއްސަކޮށްފައިވާއިރު ޑރ. މަރްޔަމް ނިޔާޒް ވިދާޅުވީ އުފަންވާ ކޮންމެ 7 ކުއްޖަކުން އެއް ކުއްޖަކަށް ހަކުރުބަލީގެ އަސަރު ކޮށްފައި ހުންނަކަމަށާއި މިގޮތް އުމުރުން 30 އަހަރުން ދަށުގެ އަންހެނުން ވިހާ ދަރިންނަށްވެސް މިކަން މެދުވެރިވާކަން އެނގިފައިވާކަމަށެވެ. މީގެ އިތުރުން ޑރ. މަރްޔަމް ނިޔާޒް ވިދާޅުވީ ހާއްޞަކޮށް މާބަނޑު އަންހެނުން ހަކުރު ބައްޔަށް ހޭލުންތެރިކުރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި އަންހެނުންނަށް ފަރުވާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހިފައިވާކަމަށެވެ