English Edition
Dhivehi Edition

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ތަފްސީލް ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ ހަމައެކަނި ޖުމްލަ އަދަދު ޖަހާފައި ކަމަށާއި އޭގައި އެއްވެސް ތަފްސީލެއް ނެތް ކަމަށް ބުނެ ބައެއް މީޑިއާތަކުން ދައްކަމުންދާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓާ އެކު ތަފްސީލް ރިޕޯޓް ހިމަނާފައިވާނެ ކަމަށެވެ. ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަހަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް ހިމެނޭ ބަޖެޓެއް މަޖލީހަށް ހުށަހަޅަންޖެހެއެވެ