English Edition
Dhivehi Edition

ދުނިޔޭގެ އެންމެ މައްޝޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ “އޫކްލާ” އިން ދެވަނަ ފަހަރަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދިރާގަށް ދީފިއެވެ.

ދިރާގަށް ވަނީ 2021 ވަނަ އަހަރުވެސް މި އެވޯޑް ލިބިފައެވެ.

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާގޮތުގައި ދިރާގުން ވަނީ 2022 ވަނަ އަހަރުގެ އެންމެ ހަލުވި ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާރކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ.

މިގޮތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފުޅާކޮށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީވެސް ދިރާގެވެ.

މިގޮތުން މި ބައިނަލްއަޤްވާމީ އެވޯޑަކީ ދިރާގުގެ ދިގު ޚިދުމަތުގެ ތާރީހުގައި އެކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ އެފަރާތްތަކަށް މި ބިނާކުރަމުންދާ “ޑިޖިޓަލް ފިއުޗަރ” އަށް ތައްޔާރުވުމަށް ކޮށްދެމުންދާ މަސައްކަތުގެ ހެއްކެކެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށެވެ.