English Edition
Dhivehi Edition
ފޭދޫ ސަންސެޓް ބީޗް

އައްޑޫ ސިޓީ ފޭދޫން ގޯތި ދޫކުރުމަށް ކުރި އިއުލާން ކެންސަލްކޮށް، ގޯއްޗަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފައިވާކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރާފައިވާ ހަބަރު އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ ދޮގުކޮށްފިއެވެ.

ސަލްމާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފޭދޫ އިން ގޯތި ދޫކުރުމަށް، އައްޑޫ ސިޓީ ކައުންސިލް އިން 24 ޖެނުއަރީ 2023 ކުރި އިއުލާންގައިވާ ގޮތަށް 2 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން ފޭދޫ އަވަށު އޮފީހުން ގޯއްޗަށް އެދި ހުށަހެޅޭ ފޯމު ބަލައިގަންނާނެ ކަމަށެވެ.

މީގެ އިތުރުން ސަލްމާ ވަނީ އެތައް ރައްޔިތަކާއި ގުޅިފައިވާކަމެއްގައި، ނޫސްތަކުގައި ހަބަރު ޕަބްލިޝް ކުރުމުގެ ކުރިން ސައްހަ މަޢުލޫމާތު ހޯދައި ހަބަރު ފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އައްޑޫ ސިޓީ ފޭދޫ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިމި ފޭދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 300 ގޯތި ދޫކުރާނެ ސަރަހައްދުތައް ވަނީ ނިންމާފައެވެ. ފޭދޫ ރައްޔިތުންނަށް އެ އަވަށުން 270 ގޯތި ހާއްސަކޮށްފައިވާއިރު ބާކީ 30 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ގޯތިތަކެވެ.