English Edition
Dhivehi Edition
ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ގދ.ގައްދޫ ވޯޓްލާ މަރުކަޒުގެ ތެރޭގައި ހަމަނުޖެހުން ހިންގައި އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދީފިއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ހަމަނުޖެހުންތައް ހިނގާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ވޯޓް ލާން ވަންނައިރު ވޯޓް ކަރުދާހުގެ ފޮޓޯ ނެގުމަށް ބޮޑީ ކެމެރާއެއް ވައްދާ މައްސަލަ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ފެންމަތިކުރުމާ ގުޅިގެންނެވެ.

ގައްދޫގެ އިތުރުން ވޯޓު ގދ.ތިނަދޫ އަބޫބަކުރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށި ވަނީ ފަޅާލާފައެވެ. ފޮށި ފަޅާލާފައިވަނީ ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި ރައީސް ސޯލިހުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ޒުވާބެކާއި ގުޅިގެންނެވެ.

މިއަދު ބާއްވާ އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ގިނަ މައްސަލަތަކެއްވަނީ ފެންމަތިވެފައެވެ. މި ގޮތުން ވޯޓުލާން ހަމަޖެހިފައިވާ ގަޑީގެ ކުރިން ވޯޓުލާން ފެށި މައްސަލަ އާއި ލިސްޓުގައި ނަން ނެތް މީހުން ވޯޓުލާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ޓެގު