English Edition
Dhivehi Edition

އައްޑޫ ސިޓީގައި ޓޫރިޒަމް ނެތުމަކީ ސަރުކާރުގެ ފެއިލިއަރ އެއް ކަމަށް އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑު ސިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ އަމާޒަކަށް ވީ އައްޑޫގައި 8000 ޓުއަރިސްޓު އެނދު ހުޅުވާ އެ އެނދުތަކަށް ޓޫރިސްޓުން އައިސް އާމްދަނީ އިތުރުކުރެވޭނެ ސިޔާސަތެއް އެކުލަވާލުން ކަމަށެވެ. އެހެންނަމަވެސް 2018 ވަނަ އަހަރަށް ނިކުތްއިރު ވެފައި އޮތް ވައުދުފުޅު ދައުރު ނިމެންދާއިރުވެސް ނުފުއްދަވާ ކަމަށެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލެވުނު ސަރުކާރުގައި އައްޑޫ ވަޒީރަކު ނެތް ކަމަށާއި އައްޑޫގެ ތަރައްގީގެ ވާހަކަތައް އަޑުއިވިވަޑައިގެންނެވީ “މާދަމާ، އަންނަ އަހަރު، ދެން އަންނަ، އަންނަނީ” ފަދަ ގޮތަކަށް ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ޓޫރިޒަމްގެ ހަރަކާތްތައް ވެސް ހިންގަން ފެށީ އައްޑޫ ދަރިން ކަމަށާއި ނަމަވެސް 40 އަހަރުފަހުން ވެސް އައްޑޫގައި ޓޫރިޒަމްގެ ހަރަކާތްތައް ކުރިއަށް ނުގެންދެވުމަކީ ސަރުކާރުގެ އެންމެ ބޮޑު “ފެއިލިއާ” ކަމަށެވެ.

ރާއްޖޭގެ ތަރައްގީ ހޯދެން އޮތް އިންޖީނަކީ އައްޑޫކަމަށާއި އައްޑޫގައި އުފައްދާފައިވާ އުމްރާނީ ވަސީލަތްތައް އޮންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ވަސީލަތްތަކުގެ ބޭނުން ނުހިފޭ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރާކާތްތަކުގެ ދެ ކެންޑިޑޭޓުން ގެންދަވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ވަޑައިގަންނަވަމުންނެވެ.