English Edition
Dhivehi Edition

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ޓޯނަމެންޓް”ގެ ފިރިހެން ޑިވިޝަންގައި މިއަދު ކުޅުނު މެޗު މީދޫ ވޮލީ ޓީމުން ކާމިޔާބުކޮށްފިއެވެ

މިއަދު ހަވީރު ފުވައްމުލަކު ދިގުވާޑު ދަނޑުގައި ކުޅުނު މެޗުގައި މިސްކިތަމަގު އެންމެންގެ(އެމް.އީ.ޖީ) އާއި ބައްދަލުކޮށް މީދޫ ވޮލީޓީމުން މި މެޗު ކާމިޔާބުކުރީ 3ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު މީދޫ ޓީމުން24-26 ހުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓު އެމް.އީ.ޖީ އިން ކާމިޔާބުކުރީ23-25ހުންނެވެ. މެޗުގެ ތިންވަނަ ސެޓުގައި މީދޫ ވޮލީ ޓީމުގެ ކުޅުން ރަގަޅުކޮށް11-25 އިން މި ސެޓު ކާމިޔާބުކުރިއިރު ހަތަރުވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއްވަނީ ފެނިގެންގޮސްފައެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި ސެޓު މީދޫ ވޮލީ ޓީމުން ކާމިޔާބުކުރި 22-25 ހުންނެވެ

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ވޮލީ ޓީމުގެ މުރާދު ޖީހާންއެވެ. މިއަދުގެ މެޗުން މީދޫ ޓީމު މޮޅުވެފައިވައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު މީދޫ ވޮލީ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައވަނީ އަފުން ޓިމާއެވެ. 2016 ވަނަ އަހަރު މި މުބާރާތުގެ ފައިނަލްގައި މި ދެ ޓީމު ބައްދަލުކޮށްފައިވާ އެ މުބާރާތުގެ ތަށި ކާމިޔާބުކޮށްފައިވަނީ އަފުން ޓީމުންނެވެ