English Edition
Dhivehi Edition

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން މިރޭ ކުޅޭ ރަޙުމަތްތެރިކަމުގެ މެޗު ބެލުމަށް ދުނިޔޭގެ އެތައް މިލިއަން ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިކަން އެނގިގެންދާ އެންމެ ބޮޑު ހެއްކަކީ މިރޭ މި މެޗު ބެލުމަށް 2 މިލިއަނަށްވުރެ ގިނަ މީހުން މެޗު ޓިކެޓު ހޯދުމަށް އެދިފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ކުޅިވަރާއި ބެހޭ ވުޒާރާއިން ހާމަކުރުމެވެ.

އެ އިދާރާއިން ބުނެފައިވަނީ މިހާތަނަށް މެޗުގެ ޓިކެޓް ވިކި ހުސްވެފައިވާ ކަމަށާއި ނަމަވެސް މި މެޗުގެ ޓިކެޓް ގަތުމަށް ދެ މިލިއަނަށްވުރެ ގިނަ މީހުން އޮންލައިން ކޮށާއި އަދި އެހެނިހެން ގޮތްގޮތުން އެދިފައިވާ ކަމަށެވެ.

ސައުދީގެ ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މިރޭ ޕީއެސްޖީއާއި ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން ކުޅޭ މެޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށްވުރެ ގިނަ މީހުން ޓިކެޓް ހޯދަން އެދިފައިވާ ކަމަށެވެ. ނަމަވެސް އެ މެޗު ކުޅެން ހަމަޖެހިފައިވާ ކިންގް ފަހުދް ސްޓޭޑިއަމްގެ ކެޕޭސިޓީއަކީ 68 ހާސް ޖާގަ ކަމަށް ވުމުން ތިކެޓް ވިއްކާފައިވަނީ އެ އަދަދަށް ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ތައް ވިކި ހުސްވެފައިވާ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

” މިރޭ ޕީއެސްޖީއާއި ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން ކުޅޭ މެޗުގެ ޓިކެޓް ވިކި ހުސްވެއްޖެ. މި މެޗުގެ ޓިކެޓަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން އެދިފައިވޭ. ނަމަވެސް އެ މެޗު ކުޅޭ ސްޓޭޑިއަމް އަކީ 68 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް. އެހެން ކަމުން ޓިކެޓް ވިއްކެން އޮތީ އެ އަދަދަށް.” ސައުދީ ސްޕޯޓްސް މިނިސްޓްރީން ބުނެފައިވެއެވެ.

ޕީއެސްޖީ އާއި އަލް ނަސްރު އަދި އަލް ހިލާލް އިން އެކުލަވާލެވޭ ޓީމާއެކު ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން 10:00 ގައެވެ. މި މެޗު ކުޅޭނީ ސައުދީގެ ވެރިރަށް ރިޔާދުގެ ކިންގް ފަހުދް ސްޓޭޑިއަމުގައެވެ