English Edition
Dhivehi Edition

އެމެރިކާގެ ސިފައިންގެ ޓްރެއިނަރަކު، މުސްލިމް ސިފައިންނަށް އަނިޔާވެރިވި ކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އެނާގެ މައްޗަށް އައިސްފިއެވެ.

އެމެރިކާގެ މެރިން ސިފައިން ޓްރެއިނިންގް އެއްގެ ތެރޭގައި މުސްލިމް ސިފައިން ވަކިކޮށް އެމީހުންނަށް ހާއްސަ އަދަބު ތައް ދީފައިވާ ކަމަށް 34 އަހަރުގެ ސާޖެންޓު ޖޯސެފް ފީލިކްސް ގެ މައްޗަށް ވަނީ ސާބިތު ވެފައެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓާ ލިއުޓިނެންޓް ކާނަލް ޖޯން ނޯމަން ބުނެފައިވަނީ، ފީލިކްސް އެމީހުންނާ މެދު ތަފާތު ކޮއްފައިވާ ކަން ސާބިތުވާ ކަމަށަވެ. އެގޮތުން އެމީހުން ދީނަށް ހަޖޫ ޖަހާ އެމީހުން އިންޑަސްޓްރިއަލް އެޕްލައިންސަށް އަދަބު ދިނުމުގެ ގޮތުން ވައްދާ އަނިޔާ ކޮއްފައި ވާ ކަމަށެވެ.

ފީލިކްސް އާއި ދެކޮޅަށް މިމައްސަލައިގައި ހެކި ބަސް ދިން ފަރާތުން ބުނެފައިވަނީ ފީލިކްސް މުސްމު ސިފައިންނާ މުޙާތަބު ކުރުމަށް ޓެރަރިސްޓް ނުވަތަ އައިސިސް ފަދަ ނަންތައް ބޭނުން ކޮށްގެން ކަމަށް ވެއެވެ.

މި މައްސަލަ ފެންމަތި ވެފައި ވަނީ ސިފައިންގެ މެރިން ޓްރެއިނިންގް ހަދަމުން ދިޔަ މުސްލިމް ސިފައިންގެ ކުއްޖަކު 12 މީޓަރު މަތިން ވެއްޓި މަރުވުމާ ގުޅިގެން، އެމެރިކާ ސަރުކާާރާ ދެކޮޅަށް އެނާގެ އައިލާއިން ކުރި ދައުވާ އާއި އެކުގައެވެ.

މިކަމަށް ޖަވާބު ދާރީ ވަމުން ޑިފެންސް ލޯވްޔަރުން ބުނެފައި ވަނީ ރަހީލް ސިދީކީ ނަމަކަށް ކިޔަ ސިފައިންގެ ޓްރެއިނިންގް ހަދަމުން ދިޔަ މި ކުއްޖާ މަރުވީ އަމިއްލައަށް ފުންމާލައިގެން ކަމަށެވެ. ނަމަވެސް އާއިލާއިން ބުނެފައިވަނީ އެ ކުއްޖާ ފުންމާލީ ކުރަމުން ދިޔަ އަނިޔާތަކުގެ ސަބަބުންނެވެ.

2015 ވަނަ އަހަރުން ފެށިގެން 20 ވުރެ ގިނަ މެރިން އިންސްޓްރަކްޓަރުން ވަނީ މުސްލިމް ރެކްރޫޓުންނަށް އަނިޔާވެރި ވިކަމުގެ ތުހުމަތުގައި ތަހުގީގު ކޮއްފައެވެ. މީގެ ތެރެއިން 13 ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއް ވެސް ވަނީ އައިސްފައެވެ.