English Edition
Dhivehi Edition
"އޯޝަން ބަބްލްސް"ގެ ރޮބޮޓިކް ވެއިޓަރު ކައިރީގައި ރަފީއުއްދީން މަޑުކޮށްލައްވައިގެން.. -އޯޝަން ބަބްލްސް

ހުޅުމާލޭގައި ކާމިޔާބު ކަމާއެކު އޯޝަން ބަބްލްސް” ގެ ނަމުގައި ބަބްލްސް ޓީގެ ވިޔަފާރި ހިންގަމުން އަންނަ ކެފޭގެ ދެވަނަ އައުޓްލެޓް ރޮބެޓެއްގެ ޚިދުމަތާއެކު މާލޭގައި ހުޅުވުމަށް ތައްޔާރުވެއްްޖެއެވެ.

މޯބައިލް ފޯނާއި އެކްސަސަރީޒަށް މަޝްހޫރު ޒިއޯން މޯބައިލްސްގެ ވެސް ވެރިޔާ، ރަފީއުއްދީން ގެ ދެވަނަ “ބަބްލްސް އޯޝަން” ކެފޭ , ޓެކްނޮލޮޖީގެ ޚާއްޞަ ކަމާއެކު މުޅިން އާ ކޮންސެޕްޓަކަށް ރޮބެޓެއްގެ ޚިދުމަތާއެކު ހުޅުވަމަށް ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

“މިއީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައި ބޭނުންކުރާ ކަހަލަ ރޮބަޓިކް ވެއިޓަރަކާއި އަދި މުޅިން ތަފާތު ރަހަތަކެއްގެ ކޮފީއާއެކު ހުޅުވާ ތަނެއް .ވެއިޓަރުންގެ ތެރޭގައި ރޮބެޓެއްވެސް މަސައްކަތް ކުރާއިރު މެނިއު ލިބޭނީވެސް އޮންލައިންކޮށް . އަދި އޯޑަރު ދިނުމުން މޭޒުކައިރިޔަށް އެ ތަކެތި އުފުލައިދޭނީވެސް ރޮބަޓު. އޯޑަރުކުރި ސާމާނު ނެގުމުން، ޝުކުރު އަދާކުރުމަށްފަހު ރޮބަޓް އެނބުރިދާނެ” ރަފީއު ކިޔައިދެއްވިއެވެ.

އޯޝަން ބަބްލްސް ހުންނާނީ މަޖީދީމަގު އިރުމަތީކޮޅުގައި، (ކުރިން އުރީދޫ އޮފީސް ހުރި އިމާރާތުގައި) ގައެވެ.

 

މިހާރު މި ރޮބަޓަށް ކިޔާނެ ރީތި ދިވެހި ނަމެއް ހޯދަމުން އަންނައިރު ރަފީއު ވިދާޅުވީ މި ރޮބަޓަކީ ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައިވެސް އަދި ވަރަށް މަދުން ބޭނުންކުރާ އެއްޗެއް ކަމަށާއި މިފަދަ ކަމެއް ކުރުމަށް ބޭނުންވީ މިކަހަލަ އާ ކަންކަން ރާއްޖެއަށް ތައްރާފުކުރަން ބޭނުންވާތީ ކަމަށެވެ.

އައްޑޫސިޓީގެ ބޭފުޅެއް ކަމަށްވާ ރަފީއުއްދީން އަކީ ކުރިން ކޮމްޕިއުޓަރުގެ ވިޔަފާރި އާއި ކޮމްޕިއުޓަރު ކޯސްތައް ރާއްޖޭގައި ވަރަށް ފުޅާކޮށް ހިންގެވި ވިޔަފާރިވެރިއެކެވެ. އަދި އައްޑޫގައި އެންމެ ފުރަތަމަ ކޮމްޕިޔުޓަރ ޓްރެއިނިން ކޯސް ތައާރަފްކޮށް ހިންގެވީވެސް ރަފީއު އެވެ.

ކޮމްޕިޔުޓަރގެ މަސައްކަތާއެކު މުޅިން އަލަށް ރަފީއު ފެށި ބަބްލްސް ޓީގެ ވިޔަފާރި ފުޅާވެ ކުރިއަރަމުން އަންނަ އިރު މިތަނުން ލިބޭ ބޮބާޓީ އާއި ކޮފީގެ ބާވަތްތަކަކީ ވަރަށް ތާޒާ، އެހާ ރަހަމީރު، އޮތަންޓިކް އެއްޗެއް ކަމަށާއި ބަބްލް ޓީގެ ފްލޭވާތައް ވެސް ވަރަށް ތަފާތު ކަމައް ގިނަ ބަޔަކު ބުނެއެވެ.

މީގެ އިތުރުން ރޮބެޓާއެކު އަލަށް ހުޅުވާ “އޯޝަން ބަބްލްސް” އިން އޮތެންޓިކް ބޮބާޓީގެ އިތުރަށް މެރާކީ ކޮފީ ރޯސްޓާސްގެ ކޮފީ ބޭނުންކޮށްގެން ސްމޯލްބެޗް ރޯސްޓާސްގެ ކޮފީ ލިބޭނެ ކަމަށާއި އެތަނުގައި ހުންނާނީ ކޮފީ ރޯސްޓްކުރާތާ 15 ނުވަތަ 20 ދުވަހުގެ ތެރޭގައި ލިބޭ ކޮފީކަމަށް ރަފީއު ވިދާޅުވިއެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހު ޚާއްޞަ ކަމެއް ކޮއްލުމަށް ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ. ރޮބެޓެއްގެ ޚިދުމަތާއެކު މުޅިން އާ ރަހައެއް ތަޖްރިބާ ކޮށްލުމަށް “އޯޝަން ބަބްލްސް” އަށް ދާން ތައްޔާރުވާން ވީއެވެ!