English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފިސް

މި ސަރުކާރުން އަބަދުވެސް ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށާ، އަދި އެކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ)އަށް 3 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވެވި ޙަފްލާގައި ނައިބު ރައީސް ވިދާޅުވީ އާރް.ޑީ.ސީ އާއި ސަރުކާރުގެ ކުންފުނި ތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރަމުން ދާކަމަށެވެ.

ޤައުމެއް ކުރިއަރައި ދާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަން ފާހަގަކޮށް ނައިބު ރައީސް ވަނީ އެކަން އެގޮތަށް ކުރުމަަށް ބާރުއަޅުއްވާފައެވެ.

މި ޙަފްލާގައި ނައިބު ރައީސް ވަނީ އާރް.ޑީ.ސީ އަކީ މުވައްޒަފުންނާމެދު ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުންދާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އާރް.ޑީ.ސީ އިން އަންހެނުންނަށް ފުޅާ ދާއިރާއެއްގައި އެކި ރޮނގުތަކުން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާކަމަށާ، އަދި އިޖުތިމާޢީ ކަންކަމުގައިވެސް އެކުންފުނިން ބައިވެރިވާކަން ފާހަގަކުރައްވައިފައެވެ.