English Edition
Dhivehi Edition

އިންޓަނޭޝަނަލް ފްލައިޓެއްގައި ފަސިންޖަރަކު ފްލައިޓް ތެރެއަށް ވިހައި މިޑް އެއާ ފަސިންޖަރުންގެ ލިސްޓަށް މެމްބަރަކު އިތުރު ކޮށްފިއެވެ. ޓަމާރާ ނަމަކަށް ކިޔާ މި އަންހެން މީހާ ވިހެއި އިރު އޭނައަކަށް ވެސް އޭނަ ބަލިވެއިން ކަމެއް ނޭނގޭ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އިކުއަޑޯ އިން ސްޕެއިން އަށް ދަތުރުކުރި ކޭއެލްއެމް ރޯޔަލް ޑަޗް ފްލައިޓުގެ ފްލައިޓެއް އެމްސްޓެޑަމް ގައި ޓްރާންސިޓް ކުރަން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ޓަމާރާގެ ބަނޑުގައި ގަދައަށް ރިއްސައިގެން އޭނަ ފާޚާނާއަށް ދިޔައީ ކަމަށް އެއާލައިނުން ބުނެއެވެ.

“ފްލައިޓް ލޭންޑް ކުރަން ކުޑަވަގުތުކޮޅަކަށް ވެފައި އޮއްވާ އޭނާގެ ބަނޑުގައި ރިއްސާތީ ފްލައިޓްގެ ފާޚާނާއަށް ދިޔައީ . އަދި ކުއްލިއަކަށް ދެފަހަރަކަށް ގަދައަށް ބަނޑުގައި ރިއްސައި ވޭންވަރު އައިސް ދަރިފުޅު އުފަންވީ” އެމްސްޓެޑަމް ހޮސްޕިޓަލް އިން ބުނެފައިވެއެވެ ހޮސްޕިޓަލުން ބުނީ ޓަމާރާއަށް އޭނާ ބަލިވެއިން ކަންވެސް ނޭނގޭކަމަށެވެ.

ފާޚާނާގައި ސިއްޙަތު ރަނގަޅު ފިރިހެން ކުއްޖަކު ވިހެއުމާއެކު ފްލައިޓްގައި ތިބި ދެ ޑޮކްޓަރުންނާއި ނަރުހަކު ވަގުތުން ޓަމާރާއަށް އެހީތެރިވެދިނެވެ. މި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފްލައިޓް އެމްސްޓެޑަމްގައި ޖެއްސިއެވެ. އަދި ވަގުތުން މަންމަ އާއި ކުޑަދަރިފުޅު އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންދެވުނެވެ.

ޓަމާރާ އެ ދަރިފުޅަށް ނަން ދިނީ އެވަގުތު ފްލައިޓްގައި ތިބި ފަސިންޖަރުންގެ ތެރެއިން އޭނައަށް އެހީތެރިވި ފަސިންޖަރެއްގެ ނަމުންނެވެ.

“އަންހެން މީހާއަށް އެހީތެރިވެދިން އެންމެންނަށް ވަރަށް ބޮނޑަށް ޝުކުރިއްޔާ. މިހާރު ދެމައިންގެ ހާލުވެސް ރަނގަޅު” ކޭއެލްއެމް އިން ބުނެފައިވެއެވެ.