English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ޚިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ, ވަން ޓައިމް ޕާސްވޯޑް ( އޯޓީޕީ) އޮތެންޓިކޭޓާ އެޕެއް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަދައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިފޯލްޓްކޮށް، އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެ ކަމަށާއި އެހެންނަމަވެސް އޯޓީޕީ މެއިލަށް ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތް ހެދޭނެކަމަށެވެ.

އޮތެންޓިކޭޓާ އެޕަކީ ވަކި ވަގުތެއްގެ ތެރޭގައި، ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ. މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް ގޫގުލް އޮތެންޓިކޭޓަ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓަރ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެއެވެ. މިގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓާ ވެސް ހިމެނޭނެއެވެ.

ރާއްޖޭން ބޭރުގައި ތިބޭ ކަސްޓަމަރުންނަށް އީމެއިލްގެ ބަދަލުގައި އޮތެންޓިކޭޓަ މެދުވެރިކޮށް އޯޓީޕީ ހޯދޭނެ އެވެ.