English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އައްޑޫ ސިޓީ މަރަދޫ ސްކޫލް ހިމެނޭހެން، ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެވެ.

ބީއެމްއެލްއިން މިތަކެތި ހަދިޔާކުރި ސްކޫލުތަކަކީ

  • މަރަދޫ ސްކޫލް ސ. މަރަދޫ
  • ގއ. އެޑިއުކޭޝަން ސެންޓަރ ގއ. ވިލިގިނލި
  • މުލަކު ސްކޫލް މ. މުލައް،
  • މާވަށު ސްކޫލް ލ. މާވަށް،
  • ވޭމަންޑޫ ސްކޫލް ތ. ވޭމަންޑޫ
  • ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ތ. ތިމަރަފުށި،
  • ހަނިމާދޫ ސްކޫލް ހދ. ހަނިމާދޫ،
  • ހދ. އަތޮޅު ސްކޫލް ހދ. ވައިކަރަދޫ،
  • ނޮޅިވަރަންފަރު ސްކޫލް ހދ. ނޮޅިވަރަންފަރު
  • ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ނ. ވެލިދޫ

ބީއެމްއެލް އިން ވަނީ ފާއިތުވި ތިން އަހަރު ތެރޭ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.