English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި އެވެ.

މިދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެއް ވަނީ ކ. ގުރައިދޫގައި ބާއްވާފަ އެވެ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ ބައިވެރިންވަނީ މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެފަ އެވެ.

މޯލްޑިވްސް ޑެފް އެސޯސިއޭޝަން އިން ކުރިޔަށް ގެންދިޔަ މި އިވެންޓުގެ މަގްސަދަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭންކުންވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފަ އެވެ.