English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ، ބާޚިރާ ދޯނިން, އަނެއްކާ ވެސް މަސްކިރުމުގެ ރެކޯޑެއް ހަދައިފިއެވެ.

ބާޚިރާ ދޯނިން މި މަހުގެ 02 ވަނަ ދުވަހު ވަނީ 58.6 ޓަނުގެ މަސް ކިރާ، އެއް ދުވަހުން 9 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މިފްކޯ އިން ބުނީ އެ ދޯނިން ވަނީ އެއްދުވަހުގެ ތެރޭގައި، ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައިކަމަށެވެ.

“އިއްޔެ ގދ. ފަރެސްމާތޮޑާ އިން މަހަށް ނިކުތް ބާޚިރާ ދޯނިން ވަނީ 58.6 ޓަނުގެ މަސް ކޫއްޑޫއަށްކިރުވައި، އެއްދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައި. މިމަސްކިރުވައި ބާޚިރީ ދޯނިން ވަނީ 996,034ރ ގެ އާމްދަނީ އެއް ހޯދާފައި. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅަށް މަރުހަބާ!” މި މަހުގެ 03 ވަނަ ދުވަހު މިފްކޯ އިން ކުރި ޓުވިޓެއްގައި ވަނީ ބުނެފައެވެ.

ބާޚިރާ ދޯނިން ވަނީ މި އަހަރު އޮކްޓޯބަރު މަހު ވެސް 51.9 ޓަނުގެ މަސް ކިރާފައެވެ. އެ ދޯނިން އެފަހަރު ކިރި މަަހަށް ވަނީ 882،674 ރުފިޔާ ލިބިފައެވެ.

ޓެގު