English Edition
Dhivehi Edition
ހުޅުމީދޫ ޕޮލިސް ސްޓޭޝަން ފޮޓޯ: އީމާން އަބްދުﷲ

އައްޑޫ ސިޓީ ހުޅުދޫއަށް، ނިސްބަތްވާ 47 އަހަރުގެ ފިރިހެނަކު މިހާތަނަށް 47 ފަހަރު ފުލުހުން ހައްޔަރުކޮށްފައިވާކަމަށް، އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފިއެވެ.

އެމްއެެޗްއޭ މާޓް އިން ނެސްކެފޭ ބްރޭންޑްގެ ބޮޑު ކޮފީ ދަޅެއް ވަގަށް ނަގި މައްސަލައާއި ގުޅިގެން އިއްޔެ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ދީފައެވެ. އެ އަމުރުގައި ވަނީ އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު، މިހާތަނަށް 47 ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައިވާކަމަށާއި އޭގެ ތެރެއިން 31 ފަހަރަށް ބަންދުކޮށްފައިވާކަމަށެވެ.

މި އަހަރު އެކަނިވެސް، ފިހާރަތަކުން ވައްކަން ކޮށްގެން ފަސް ފަހަރަށް ހައްޔަރު ކުރިކަމަށް އޭނާގެ ރެކޯޑްތަކުން ދައްކާއިރު އޭނާގެ ކުށުގެ ރެކޯޑް އާއްމު ގޮތެއްގައި ހުރީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.

ޓެގު