English Edition
Dhivehi Edition

އަހަރެމެން ވާވައްދައި، އަޤީދާ ބަލިކަށި ކުރުމަށްޓަކައި އަހުރެމެންނާއި އަހުރެމެންގެ ވެރި ރަސްކަލާންގެއާއި ދެމެދުގައި ވާ ގުޅުންތައް ހީނަރު ކުރެވޭތޯ އަދުއްވުން ތާ އަބަދު މަސައްކަތް ކުރަމުން އަންނަ ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

“އަހަރެމެން ވާވައްދައި، އަޤީދާ ބަލިކަށި ކުރުމަށްޓަކައި އަހުރެމެންނާއި އަހުރެމެންގެ ވެރި ރަސްކަލާންގެއާއި ދެމެދުގައި ވާ ގުޅުންތައް ހީނަރު ކުރެވޭތޯ އަދުއްވުން ތާ އަބަދު މަސައްކަތް ކުރެއެވެ. އެކި ދުވަސްވަރު އެކި ބާވަތުގެ ޝިޢާރުތައް އުފުލައިގެންނެވެ. މާތް ﷲ އަނިޔާވެރިންނަށް އަދަބު ނުދެއްވާ ވާހަކައާއި އަނިޔާ ލިބޭ މީހުންނަށް އޯޤާތެރިވެ ވޮޑިގެންނުވާ ވާހަކައާއި، މި ބާވަތުގެ ވާހަތަކުގެ ތެރޭގައި އަންނަ ވާހަކަތަކެވެ.

މިފަދަ ނުބައި ފާސިދު ވާހަތަކުން އަހުރެމެންނަށް ސަލާމަތް ވެވޭނި ﷲ އަންގަވާފައިވާ ގޮތަށް އަހުރެމެންގެ އަޤީދާ ރައްކައުތެރިކޮށްގެންނެވެ. އަހުރެމެންގެ ދަރިންނަށް އިސްލާމީ ތަޢުލީމާއި ތަރުބިޔަތު ރަނގަޅަށް ދީގެންނެވެ. ޚަބަރާއި މައޫލޫމާތު ފަތުރާ ވަޞީލަތްތަކުން މިކަންކަމަށް ސަމާލުކަން ދީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް މަސައްކަތް ކޮށްގެންނެވެ.” ޙުތުބާގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އަނިޔާވެރިކަމުގައި ހައްދުފަހަނަ އެޅިވަރަކަށް، އެމީހަކަށް ލިބޭ ވޭން ބޮޑުވާނެ ކަމަށާއި އަނިޔާވެރި ޢަމަލުތަކުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ޚުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ “އަނިޔާވެރިންނަށް މާތްﷲ މުހުލަތެއް ދެއްވަތެވެ.” މިމައުޟޫގެ މައްޗަށެވެ. މިއަދު ދެއްވި ޚުކުރު ޚުތުބާގައި ވިދާޅުވީ އިސްލާމްދީނުގައި ހުރިހާ މާނައެއްގައިވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައިވާކަމަށެވެ. އެއީ އޭގެ ނަތީޖާ ނުބައިވެގެންވާ އަޚުލާގީ ގޮތުން ހުތުރު ސިފައެއްކަމަށްވާތީކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އަދި އިންސާނާގެ ނަފްސުގެ އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅޭ ކަމަކަށް އަނިޔާވެރިކަން ވާއިރު، އުއްމަތްތައް ހަލާކު ކުރެއްވުމުގެ ސަބަބަކީވެސް މިއީކަމަށް ޚުތުބާގައި ވިދާޅުވިއެވެ.