English Edition
Dhivehi Edition
ފޮޓޯ: ގއ.ކަނޑުހުޅުދޫ ކައުންސިލް ވެބްސައިޓް

ގއ. ކަނޑުހުޅުދޫއަށް, ތަފާތު އެކި ދާއިރާތަކުން ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ހާއްސަ އެވޯޑެއް ދިނުމަށް ކަނޑުހުޅުދޫ ކައުންސިލް އިން ނިންމައިފިއެވެ.

އެ ރަށު ކައުންސުލުން ބުނީ ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ގއ. ކަނޑުހުޅުދޫއަށް ކޮށްދީފައިވާ ފަރާތްތަކާއި، އަދި 2020، 2021 ވަނަ އަހަރު ސްކޫލްތަކުން ފަޚްރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައި ކައުންސިލުން ޚާއްޞަ އެވޯޑެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

ކައިންސިލުން ވަނީ މިއެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތްތަކުން ނަން ހުށަހެޅުމުގެ ( ނޮމިނޭޓް ކުރުމުގެ ) ފުރުޞަތު ހުޅުވާލާފައެވެ.

މި ގޮތުން މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ 29 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައެވެ. މި އިތުރަށް ކައުންސިލުން ބުނީ މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ޝަރުޠުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމް މިއިދާރާގެ ވެބްސައިޓް http://www.kanduhulhudhoo.gov.mv ޑައުންލޯޑް ކުރެވޭނެކަމަށެވެ. އަދި އެ އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެކަމަށެވެ.