English Edition
Dhivehi Edition

ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ހަތަރު ވަނަ ޕްރޮފެޝަނަލް އެވޯޑް ޙަފްލާ ރޭ، ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބާއްވައިފިއެވެ.

ފަސްޓްލޭޑީ ފަޒްނާ އަހްމަދު ޝަރަފުވެރިކޮށްދެއްވެވި މި ރަސްމިއްޔާތުގައި ވިމްގެ ޗެއާޕާސަން ޑރ. ސުލޯޗަނާ ސެގެރާ އާއި ވިމްގެ ރާއްޖޭގެ ޗެޕްޓާގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ނާއި މުއައްސަސާ ތަކުގެ ވެރިން ވަނީ ބައިވެރިވެފައެވެ.

  • ރޭގެ ހަފްލާގައި ވިމް އިން ވަނީ ލީޑަރޝިޕް އެވޯޑާއި އެމާޖިން ސްޕޯޓްސް ޕާސަނިލިޓީ އެވޯޑު، އައުޓް ސްޓޭޑިން ވުމެން އެންޓަޕްރިނާ އެވޯޑް، އިންވޭޓިވް ސޯޝަލް އެންޓްޕްރިނާގެ އެވޯޑް، ޔޫތު ލީޑާ އޮފް ދަ އިޔާ އެވޯޑް، ކެރިއާ ރޯލް މޮޑަލް އޮފް ދަ އިޔާގެ އެވޯޑް ގެ އިތުރުން އެޑްވޮކޭޓް ފޯ ވުމެން އެމްޕަވާމެންޓް ދާއިރާއިން އެވޯޑް ދީފައެވެ.

ވިމް މޯލްޑިވްސްއިން ވަނީ މިފަހަރު އަލަށް ތިން ކެޓަގަރީއަކުން އެވޯޑު ދީފައެވެ. އެއީ މޭލް ޗެމްޕިއަން އާއި އިންޓަނޭޝަނަލް ވުމެން އޮފް ދަ އިޔާ އަދި އެކްސްޕަޓިރޭޓް އެވޯޑެވެ.

ލީޑާރޝިޕް އެކްސެލެންސް އެވޯޑް ލިބުނު ފަރާތްތައް:

  • ފިލްޑް އޮފް އިންޓްރީއާ ޑިޒައިން – ފާތިމަތު ސަދާ މުހައްމަދު
  • ފިލްޑް އޮފް އިންޝޫރެންސް – އާމިލާ ލަތީފި
  • ފިލްޑް އޮފް ސޭލްސް އެންޑް މާކެޓިން ކޯޕަރޭޓް – ނޫރާ އިބްރާހީމް
  • ފިލްޑް އޮފް ޓޫރިޒަމް ވޯޓާ ސްޕޯޓްސް – ސާޒިޔާ ސައީދު
  • ފިލްޑް އޮފް މެންޓަލް ހެލްތު – މާހާ ނަސީރު
  • ފިލްޑް އޮފް ހެލްތު ޑޮކްޓާ – ޑރ. އާމިނަތު ނަޒީރް
  • ފިލްޑް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ – އައިޝަތު އަދްނާން
  • ފިލްޑް އޮފް ހެލްތު ނާސިން – ރަޒީނާ ތުއްތު
  • ފިލްޑް އޮފް މެރިޓައިމް އިންޑަސްޓްރީ – އައިޝަތު ނީޝާ
  • ފިލްޑް އޮފް ސްޕޯޓްސް – މުއީނާ މުހައްމަދު
  • ސެކްޓާ އޮފް ސްޓޭޓް އެންޑް ގަވަމެންޓް – ޑރ. ހާލާ ހަމީދު
  • ސެކްޓާ އޮފް ސްޓޭޓް އެންޑް ގަވަމެންޓް، ފިނޭންސް – ލީނާ މުހައްމަދު
  • ފިލްޑް އޮފް އާޓްސް އެންޑް ހެރިޓޭޖް – މަރިޔަމް އައިޝާ
  • ސެކްޓާ އޮފް އާޓްސް އެންޑް މިޔުޒިކް – ފަޒްލީނާ އައްބާސް
  • ސެކްޓާ އޮފް ފިލްމް އިންޑަސްޓްރީ – އައިޝަތު ރިޝްމީ
  • ފިލްޑް އޮފް ޖާނަލިޒަމް – މާހަތު ހުސެއިން
  • ފިލްޑް އޮފް އެޑިއުކޭޝަން – ޑރ. ރަޝީދާ މުހައްމަދު
  • ފިލްޑް އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރުމެންޓް – ޝަހާ ހާޝިމް
  • ސެކްޓާ އޮފް ޑިފެންސް އެންޑް ސިވިލް ސެކިއުރެޓީ – ފާތިމަތު ނަޝްވާ
  • މީޑިއާ ވުމެން އޮފް ދަ އިޔާ – ޝިމްލާ އަހްމަދު
  • ކެރިއާ އެޗީވްމެންޓް އެވޯޑް – ފާތިމަތު މުނާ
  • ސްޕެޝަން ކޮމިއުނިކޭޝަން ސްކިލްސް – މަރިޔަމް ޝަހުދާ

    އެމާޖިން ސްޕޯޓްސް ޕާސަނަލްޓީ ލިބުނު ފަރާތްތައް

    • ޓޭބަލް ޓެނިސް – ފާތިމަދު ދީމާ އަލީ
    • ޕަރަ ބެޑްމިންޓަން – ހައްވާ އީޝަލް ރިޔާޒް
    • ޓޭބަލް ޓެނިސް – އައިޝަތު ރަފާ ނާޒިމް

    އައުޓްސްޓޭޑިން ވުމެން އެންޓަޕްރިނާ އެވޯޑް ލިބިފައިވަނީ ނާރެސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރިޔާ އާމިނަތު އާދަމް އަށެވެ. އިންވޭޓިވް ސޯޝަލް އެންޓްޕްރިނާގެ އެވޯޑް ލިބިފައިވަނީ ބައިކް މޯލްޑިވްސްގެ ރައީސާ ޒުލެއިހާ ހަސަން އަށެވެ. އަދި އައުޓްސްޓޭންޑިން ވުމެން އެންޓްޕްރިނާ ސްމޯލް އެންޓަޕްރައިސަސް އެވޯޑް ލިބިފައިވަނީ ފްރުޓީ މެލޭ ކޭކްސްގެ ފައުންޑަރ އަދި ވެރިޔާ ފާތިމަތު ޝިފާ މޫސާއަށެވެ. .ޔޫތު ލީޑާ އޮފް ދަ އިޔާ އެވޯޑް ލިބިފައިވަނީ ޒުވާން މަސްވެރިޔާ ހުސެއިން ސާޖިން އަށާއި ފިރާޝާ މުހައްމަދު އަށެވެ. ކެރިއާ ރޯލް މޮޑަލް އޮފް ދަ އިޔާގެ އެވޯޑް މަރިޔަޒް ނުޒްލާއަށް އަދި ކޯޕަރޭޓް ލީޑާ އޮފް ދަ އިޔާގެ އެވޯޑް ލިބިފައިވަނީ އައިޝަތު ނޫރައްދީން އަށެވެ. ޓްރެއިބްލޭޒާ ދާއިރާގެ އެވޯޑް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަދި އެޑްވޮކޭޓް ފޯ ވުމެން އެމްޕަވާމެންޓް ދާއިރާއިން އެވޯޑް ލިބިވަޑައިގެންނެވީ އަނީސާ މުހައްމަދު އަށެވެ.