English Edition
Dhivehi Edition

ދިރާގު ސޯޝަލް މީޑިއާ ޕޭޖުތަކުގައި ކުރިއަށްދާ “ގެސް ދަ ޕްލޭޔަރ؟” ކުއިޒްގައި ބައިވެރުވެގެން ޕްލޭސްޓޭޝަން 5 އެއް ހިލޭ ލިބުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

“ދިރާގު ފުޓުބޯޅަ އީދު” ކެ ދަށުން ކުރިއަށްގެންދާ މި ޕޮރޯމަޝަންގައި ބައިވެރިވުމަށް ޕޯސްޓެއްގައި ފޮރުވިފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކީ ކާކުކަން ގެސްކުރުމަށްފަހު، ދިރާގުގެ ޓުވިޓަރ، އިންސްޓަގްރާމު ނުވަތަ ފޭސްބުކް ޕޯސްޓުގައި ކޮމެންޓެއްކޮށްލައުގެން ބައިވެރިވެވޭނެ އެވެ.

މި ކުއިޒް ކުރިއަށް ދާނީ ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު މި ފުޓުބޯޅަ އީދުގެ މުއްދަތުގަ އެވެ. މި ފަސް ބުރުން ކޮންމެ ބުރެއްގައިވެސް ވެސް ނަސީބުވެރި އެއް ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއިން ކޮންމެ ފަރާތަކަށްވެސް ސޮނީ ސްޕޯޓްސްގެ 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. މީގެ އިތުރުން ހުރިހާ ބުރެއްގެ ބައިވެރިންތެރެއިން ހޮވާލެވޭ އެއް ނަސީބުވެރިއަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގެ ގޭމް ސީޑީއެއް ލިބޭނެ އެވެ.

މި ސޯޝަލް މީޑިއާ ކުއިޒްގެ އިތުރުން ދިރާގުން ދަނީ އެ ކުންފުނީގެ ‘ދިރާގު ފުޓުބޯޅަ އީދު’ ގެ ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރެއިން “ޖެހީ ލިބުނީ” ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ކަސްޓަމަރަކަށްވެސް އެފަރާތެއް ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ ޑޭޓާ ލިބޭނެއެ ވެ. އަދި ދިރާގުން ވަނީ ވައިބަރ، ޓެލެގްރާމް، އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި ‘ދިރާގު ފުޓުބޯޅަ އީދު’ ގެ ޚާއްސަ އެނިމޭޓަޑް ސްޓިކަރ ޕެކެއް ވެސް ލޯންޗުކޮށްފަ އެވެ.

މި ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://bit.ly/3XeNFd9

ދިރާގުން މަސައްކަތް ކުރަމުންދަނީ މި ފުޓުބޯޅަ އީދު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރަށް ފޯރިގަދަކޮށް އަގުހުރި އޮފާރތައް މެދުވެރިކޮށް ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކޮށްދުނުމަށެވެ.

ޓެގު