English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕް އީގައި ހިމެނޭ ސްޕެއިން އާއި ޖަރުމަނު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

އަލް ބައިތް ސްޓޭޑިއަމުގައި ކުރިޔަށް ދިޔަ މި މެޗު ފެށިގެން ސްޕެއިނުން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް މާ ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އުފެއްދި މަދު ހަމަލާތަުގެ ވެސް ބެނުމެއް ނުހިފުނެވެ. ސްޕެއިންގެ ޑެނީ އޮލްމޯ އާއި ޖޯޑީ އަލްބާގެ ހަމަލާތައް ބޭކާރު ވި އިރު، ޖަރުމަނުގެ ސާޖް ގިނާބްރީ އާއި ކިމިޗްގެ ހަމަލާތައް ވެސް ބޭނުމެއް ނުކުރެވުނެވެ.

މި ހާފުގެ 40 ވަނަ މިނެޓުގައި ޖަރުމަނުން އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ރުޑިގާގެ މި ލަނޑު ވީ އޮފްސައިޑު ލަނޑަކަށެވެ. އެހެންވެ މި ލަނޑު ކެންސަލް ކުރީއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްޕެއިން ޓީމުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ ސްޕެއިންއަށް ލީޑު ނަގައިދިން އިރު، އޭނާ މި ލަނޑު ޖެހީ ޖޯޑީ އަލްބާގެ އެހީތެރިކަމާއި އެކުގައެވެ. ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 83 ވަނަ މިނެޓުގައި ޖަމާލް މުސިއާލާގެ އެހީތެރިކަމާއި އެކު ނިކްލަސް ފުލްކްރަގް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭގެ މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނާގައި ސްޕެއިން އޮތީ ކުޅުނު ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ޖަޕާނާއި ތިންވަނާގައި އޮތް ކޮސްޓަރިކާއަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ގްރޫޕް ތާވަލުގެ ފުލުގައި ޖަރމަނީ އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.

މި ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ އަންނަ މަހުގެ 2 ވަނަ ދުވަހު ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ. ސްޕެއިން އަދި ޖަޕާން ބައްދަލުކުރާ މެޗާއި ޖަރުމަން އަދި ކޮސްޓްރިކާ ބައްދަލުކުރާ މެޗު ކުޅޭނީ އެއްވަގުތެއްގައެވެ.