English Edition
Dhivehi Edition

ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ދެނެގަތުމަށް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނައި ޕްރޮގްރާމެއްގައި ނަސީމް ވިދާޅުވީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ ކަމަށާއި އެ ބަލިތައް އޮތް މިންވަރު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެ ބަލިތަކުން ރައްކާތެރިވުމަށް ރާއްޖޭގައި ބަލީގެ ހާލަތު އޮތް ގޮތް ދެނެގަތުން މުހިއްމުކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލީގެ ހާލަތު ދެނެގަތުމަށް ޚާއްޞަ ޕްރޮގްރާމެއް އަންނަ އަހަރު ކުރީކޮޅު ފެށުމަށް ނިންމާފައިވާކަމަށެވެ. ” ކެންސަރު ބައްޔާއި ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކިޑްނީގެ ބަލިތައް ފަދަ އެތައް ބައްޔަކަށް ދިވެހިން ހުށައެޅިފައިވީ ނަމަވެސް ބަލީގެ ކުރީކޮޅު ގިނަ މީހުން ސިއްޙީ ފަރުވާ ހޯދަމުން ނުދޭ. އެކަން އެހެންވަނީ އެމީހެއްގެ ސިއްޙީ ހާލަތު ރެކޯޑު ކުރެވިފައިނުވުމުން.” ނަސީމް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބުރުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސިއްހީ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން އަންނައިރު އެ ޕްރޮގްރާމާއެކު ރައްޔިތުންގެ ސިއްޙީ ހާލަތު ރެކޯޑްކުރެވިގެން ދާނެއެވެ.