English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ކުރިޔަށްގެންދިޔަ އެސް.ޓީ.އޯ ފުވައްމުލައް ސިޓީ ކައުންސިލް މަދަހަ މުބާރާތުގެ އެއްވަނަ އާމިނަތު ޢައިނީ އަޙްމަދު ހޯދައިފިއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެކި ވަނަތަކަށް ދިޔަ ދަރިވަރުންނާއި ސްކޫލްތަކަށް ވަނީ ހަނދާނީ ލިޔުމާއި އިންމާތައް ހަވާލުކޮށްފައެވެ، މި ގޮތުން މުޅި މުބާރާތުން އެއްވަނަ އާމިނަތު ޢައިނީ އަޙްމަދު ހޯދިއިރު މުޅި މުބާރާތުން 2 ވަނަ ހޯދީ ފާޠިމަތު އިމްތިޘާލް ޝަރަފުއްދީން އެވެ، އަދި މުޅި މުބާރާތުން 3 ވަނަ ހޯދީ ޢާއިޝަތު ޝާއިސްތާ މަސްޢޫދުއެވެ، މުޅި މުބާރާތުގެ 1 ވަނަ ސްކޫލްގެ މަގާމު ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯދިއިރު މުބާރާތުގެ 2 ވަނަ ހޯދީ ޙާފިޒް އަޙްމަދު ސްކޫލްއެވެ. އަދި މުބާރާތުގެ 3 ވަނަ ސްކޫލަކަށް ހޮވުނީ މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.

މުޅި މުބާރާތުން 1 ވަނަ ޤްރޫޕް މަދަހަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުށަހަޅާދިން އިރު މުޅި މުބާރާތުން 2 ވަނަ ޤްރޫޕް މަދަހަ ހުށަހަޅާފައިވަނީ ޙާފިޒް އަޙްމަދު ސްކޫލުންނެވެ. އަދި މުޅި މުބާރާތުން 3 ވަނަ ޤްރޫޕް މަދަހަ ހަށަހަޅާފައިވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލުންނެވެ. މި މުބާރާތުގެ ޅެންވެރިކަމުގެ ބައިން އެއް ވަނަ އާއިޝަތު ރީމް އަޙްމަދު ޒުހައިރު ހޯދިއިރު ދެ ވަނަ ހޯދީ ޢާއިޝަތު ޝައިހާ ޙަސަންއެވެ. އަދި ތިން ވަނަ ހޯދީ އާމިނަތު އަރީބާ އަޙްމަދުއެވެ،

މި މުބާރާތުގެ ޚާއްސަ ބައިން އެއްވަނަ ޙާފިޒް އަޙްމަދު ސްކޫލްގެ ޢާއިޝަތު އަންޖަލް އައިމަން ޢަލީ ހޯދިއިރު ދެ ވަނަ ހޯދީ އެ ސްކޫލުގެ ޝަޔާން ސަޢީދުއެވެ. މި ބައިން ތިން ވަނަ އިސްމާޢީލް ޒާމަން އަސްޢަދު، ޙާފިޒް އަޙްމަދު ސްކޫލް ހޯދިއރު އެ ސްކޫލުގެ ޢާއިޝަތު ޢައިނާ ޙަސަން ވަނީ ހަތަރު ވަނަ ހޯދާފައެވެ. އަދި އެ ސްކޫލުގެ ޢާއިޝަތު ޢާލިޔާ އަދުހަމް އާދަމް ފަސް ވަނަ ހޯދިއިރު ހަވަނަ ހޯދާފައިވަނީ ބްރައިޓްވޭ އިންޓަރނޭޝަލް ފުވައްމުލައް ސްކޫލްގެ ޔަލާ އަސްލަމް ޙުސައިންއެވެ.