English Edition
Dhivehi Edition

“ސިޓީ ޕޮސިބަލް” ނެޓްވޯކުގެ މެންބަރަކަށް ވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ސޮއިކޮށްފިއެވެ.

ދުނިޔޭގެ ސިޓީތައް ތަރައްގީކޮށް ކުރިއަރުވަން އެހީތެރިވުމަށް މާސްޓަރކާޑުން އެކުލަވާލާފައިވާ “ސިޓީ ޕޮސިބަލް” ނެޓްވޯކުގެ މެންބަރަކަށް ވުމަށް ފުވައްމުލައް ސިޓީކައުންސިލް އިން ސޮއިކޮށްފައިވަނީ މިއަދުއެވެ.

މި އެއްބަސްވުމާއެކު، “ސިޓީ ޕޮސިބަލް” ނެޓްވާކުގައި ބައިވެރިވުމުން އެހެން ސިޓީތަކުގައި ބޭނުން ކުރަމުން އަންނަ ތަފާތު ސޮލިއުޝަންތަކާ ބެހޭ މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެގިގެން ދާނެ އެވެ. އަދި ފުވައްމުލައް ސިޓީ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެހެން ސިޓީތަކުގެ ތަޖުރިބާ ހޯދާ ދެނެގަތުމަށް ފަސޭހަވެގެން ދާނެއެވެ.

ސިޓީ ޕޮސިބަލް އަކީ 50 ގައުމަކުން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށް ވުރެ ގިނަ ކޮމިއުނިޓީތައް ހިމެނޭ ނެޓްވޯކެކެވެ. މި ނެޓްވޯކްގެ މައިގަނޑު މަސައްކަތަކީ ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމެވެ.