English Edition
Dhivehi Edition

ރާއްޖޭގައި ގޮވާތަކެތި ބޭނުންކޮށްގެން ހަމަލާއަށް ދިނުމަށް ރާވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މަހު 11 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި މާލެ އަދި ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 14 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 20 އަހަރު، 27 އަހަރު، 30 އަހަރު، 35 އަހަރު އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން މި މައްސަލައިގައި ހައްޔަރު ކުރި 19 އަހަރު، 27 އަހަރުގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި 18 އަހަރުގެ މީހާގެ އިތުރުން 33 އަހަރުގެ ގެ ދެ މީހުންނާއި 35 އަހަރު އަދި 46 އަހަރުގެ މީހާއަށް 15 ދުވަހަށް މުއްދަތުވަނީ ޖަހާފައެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންކަމަށާއި އޭގެ ތެރެއިން 9 މީހުނަކީ މީގެ ކުރިންވެސް ޓެރެރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންކަމަށެވެ.