English Edition
Dhivehi Edition

ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑުކަމުގައިވާ ރަންވީރް ސިންގް އާއި ދީޕިކާ ޕާދުކޯން އެމީހުންގެ ކައިވެންޏަށް 4 އަހަރު ފުރުން ފާހަގަކޮށްފައިވަނީ ތަފާތު ގޮތަކަށެވެ.

ދިޕިކާ އާއި ރަންވީރުގެ އެނިވާސަރީ ފާހަގަކުރުމަށް، މީގެ ކުރިންވެސް ތަފާތު ގިނަ ކަންތައްތަކެއް ކޮށްފައިވާއިރު މިފަހަރު ދީޕިކާގެ ޝެޑިއުލް ބިޒީވުމުން އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެ ފުރުސަތެއް ނުލިބުނަސް ރަންވީރު މި ވަނީ ތަފާތު ގޮތަކަށް އޭނާގެ އަނބިމީހާ އަށް ‘ސަޕްރައިޒެއް’ ދީފައެވެ. ދިޕިކާ މަސައްކަތުގައި ބުރަކޮށް އުޅެމުން ދަނިކޮށް ރަންވީރު ވަނީ އޭނާއަށް މާބޮނޑިއެއްގެ އިތުރުން ޗޮކްލެޓްތައް ހަދިޔާއެއްގެ ގޮތުގައި ގެންގޮސްދީފައެވެ.

Ranveer Singh surprises wifey Deepika Padukone on their 4th anniversary.

އިޓަލީގެ ޕިކްޗަރެސްކް ލޭކް ކޯމޯގައި، 14 ނޮވެމްބަރު 2018 ގައި ރަންވީރް އާއި ދީޕިކާގެ ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވާފައިވާއިރު މި ދެ ތަރިން ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ހަ އަހަރު ފަހުންނެވެ. “ގޯލިޔޯންކީ ރާސްލީލާ: ރާމްލީލާ” ގެ ސެޓުން ދެ މީހުންގެ ލޯބީގެ ގުޅުން ފެށިގެން ދިޔައިރު އެ ފިލްމަށް ފަހު ވެސް ދެ ތަރިން ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް އެކުގައި ކުޅެފައެވެ.