English Edition
Dhivehi Edition
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މޯލްޑިވްސް ސާރފިން އެސޯސިއޭޝަން ގުޅިގެން ރާއްޖޭގެ 15 ރަށެއްގެ ޒުވާނުންވާ ބޭނުންވާ ސާރފް ބޯޑު އެ ރަށްތަކާއި ހަވާލުކޮށްފި އެވެ.
މާލެ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މި 15 ރަށަށް ސާރފް ބޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފް އެވެ.
މިިނިސްޓަރުގެ އިތުރުން މި ރަސްމިއްޔާތުގައި ސާރފިން އޭސޯސިއޭޝަންގެ އިސްވެރިންނާއި ޔޫތް މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރާޅާ އެޅުމަށް ބޭނުންވާ ސާރފް ބޯޑު 15 ރަށަކަށް ހަވާލުކުރިކަން ހާމަކުރައްވާ މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާރފްކުރަން ދަސްކުރާނެ ސާރފް ބޯޑު ނުލިބުމަކީ ރަށްރަށުން އަޑުއިވުނު އެންމެ ބޮޑު ޝަކުވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޒުވާން ރާޅާ އެޅުންތެރިން އުފެއްދުމަށް 15 ރަށަކަށް 70 ސާރފް ބޯޑު ހަވާލުކުރެވިފައިވާކަމަށެވެ. އަދި މިއީ ސާރފިންގެ ކުރިއެރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.
ސާރފް ބޯޑު ހަވާލުކުރި ރަށްތައް:
ށ.ކަނޑިތީމް
ނ.ކުޑަފަރި
ނ.ޅޮހީ
ރ.ކިނޮޅަސް
ރ.ރަސްމާދޫ
ކ.ހިންމަފުށި
ކ.ގުރައިދޫ
ކ.ތުލުސްދޫ
މ.މުލަކު
މ.މުލީ
ދ.ކުޑަހުވަދޫ
ލ.މާބައިދޫ
ގދ.ވާދޫ
ގދ.ގައްދޫ
ފުވައްމުލަކު ސިޓީ