English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ލަންޑަނަށް ދިއުމުގެ ފުރުސަަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ބޭންކުން ބުނީ މި ޕްރޮމޯޝަން ފަށާފައިވަނީ މިއަދު ކަމަށާއި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށެވެ.

މިއަދުން ފެށިގެން މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮމޯޝަން ގައި ކޮންމެ ހަފްތާއަކު 2 މީހަކަށް 5،000 ރުފިޔާ އާއި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 2 މީހަކަށް ލަންޑަނަށް ރިޓާން ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް ލިބޭނެ އެވެ.