English Edition
Dhivehi Edition

ބާޖެއް ބަންޑުންޖަހާލާ އިއްޔެ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ މެންދުރު 12:50 ހާއިރުއެވެ.

އެމްއެންޑީއެފްއާ ހަވާލާދީ ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ ވިދާޅުވީ ގެއްލިފައި ވަނީ އިންޑިއާގެ މީހަކު ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ފަރެސްމާތޮޑާ އިން ފުރައިގެން ހަތަރު މީހުންނާއެކު 14 ނޮޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ “ލިއޯ ސަކްސަސް” ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއްގެ ބެޓަރީ ފެއިލްވެ، ދިޔަވުމުގެ ސަބަބުން ބަންޑުން ޖަހާލައި، އެކަކު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށާއި މިލޭންޑިން ކްރާފްޓުން ދަތުރުކުރީ 2 ދިވެހިންނާއި 2 ބިދޭސީން ކަމަށެވެ.

ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން 3 މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ “ސީ ވީޑް” ނަމަކަށް ކިޔާ ދޯންޏަކަށެވެ.