English Edition
Dhivehi Edition

ފްރާންސްގެ މޮޑެލް އަދި ފްރާންސްގެ ރިއަލިޓީ ޓީވީ ތަރި މެރިން އެލް ހިމާ އިސްލާމްވެއްޖެއެވެ.

މެރިން އެލް ހިމާ ކްރިސްޓިއަން ދީން ދޫކޮށް އިސްލާމް ދީން ގަބޫލު ކުރިކަން އޭނާ ވަނީ އިންސްޓްގްރާމް ޕޯސްޓެއް މެދުވެރިކޮށް ޔަގީން ކޮށްދީފައެވެ. އިންސްޓްގްރާމް މެދުވެރިކޮށް އިސްލާމް ދީން ގަބުލުކުރިކަން ހާމަކުރަމުން ހިމާ ބުނެފައިވަނީ މިއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި ހިންހަމަ ޖެހުނު ދުވަސް ކަމަށެވެ.

މީގެ ދެދުވަސް ކުރިން އިސްލާމްދީން ގަބޫލް ކުރި ހިމާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ހިޖާބުވެ މައްކާގެ މާތް ބިމުގައި ނަގާފައިވާ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ.

ހިމާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ލިބުމަކީ އުފަލާއި ހިތްމަޖެހުން ނެގެސްދިން ކަމެއް ކަމަށާއި އުފާވެރި ޖަޒުބާތުތަކުން ހިތް އުފަކުން ފޮޅުވާލައިފިކަމަށެވެ. އަދި އުންމީދު ކުރަނީ އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ފެށި މި ދަތުރުންގައި ﷲގެ ބަރަކާތް ކެއްވުމަށް ކަމަށެވެ.

ހިމާ އެންމެ ބޮޑަށް މަޝްޙޫރުވެފެފައިވަނީ ފްރާންސްގެ ރިއަލިޓީ ޓީވީ ޝޯ ލެސް ޕްރިންސެސް އެޓް ލެސް ޕްރިންސެސް ޑި ލް’އަމޫރު އިންނެވެ. ހިމާ އިސްލާމް ދީން ގަބޫލު ކުރިއިރު، އޭނާގެ އިންސްޓަގްރާމްގެ ފޮލޯވަރުންގެ ގޮތުގައި ތިބި 1.3 މިލިއަން ފޮލޮވަރުނެގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ހިމާ ވަނީ އެފަރާތްކަށް ޝުކުރު އަދާކޮށްފައެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުރުން 29 އަހަރުގެ ހިމާ އިސްލާމް ދީން ގަބޫލް ކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އިސްލާމް ދީނުގެ ކަންކަން ދިރާސާކޮށް ބެލުމަށް ފަހުގައެވެ.